މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމަކީ މި އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު މައްސަލަ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމުގައި، ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބުމުގައި އަދި ބައިނަލަޤްވާމީ މާރކެޓުގައި އަގު ކަނޑެއެޅުމުގައިވެސް މަސް ރައްކާކުރުމުގެ މައްސަލަ ގުޅޭ ކަމަށެެވެ. މަސް ރައްކާކުރުމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި މީގެކުރިން ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންދިޔުމާއެކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭނުންވާ މަސް ރައްކާކުރުމުގެ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓަ ވިދާޅުވިއެވެ.

މީގެ އިތުރުން އައިސް ކެޕޭސިޓީ އިތުރުކުރުމާ ބެހޭގޮތުން ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އެގޮތުން 11 އައިސް ޕްލާންޓެއް ގާއިމްކުރުމަށް މިފްކޯއާއި ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އައިސް ޕްލާންޓްތައް މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅު ގާއިމްކުރެވި، ޙިދުމަތް ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން