ރާއްޖޭގައި ޕޭޕެލްގެ ހިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެމެރިކާ އާއިއެކު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ، އީވޮލެޓު މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އެހެންވެ ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށާއި އެ ދަތުރުގައި އެމެރިކާގެ އީ-ވޮލެޓުތައް ހިންގާ ކުންފުނިތަކާއެކު ރާއްޖެއަށް އެ ގައުމުގެ އީ-ވޮލެޓުތައް ތައާރަފުކޮށް ބޭނުންކުރުމުގައި ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކުރެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި އެޕަލްޕޭ އާއި ގޫގުލް ޕޭ ގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ މަޝްވަރާތައް ވެސް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އީ ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްނުވެ އޮތް ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ރާއްޖޭގެ މާކެޓު ކުޑަވުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ސްރީލަންކާއާއި ރާއްޖެއާއި އިންޑިއާ ނުވަތަ އެހެން ގައުމުތައް ކޮންބައިންކޮށްގެން ކުލަބު ކޮށްގެން އެއް ޗެނަލަކުން ހިދުމަތްތައް ތައާރަފްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން