މައްސަލަތައް ނިންމުމުގައި ފައިސާ ނަގާ ކަމަށް ބުނާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމްގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަދެފައިވާމައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ގޮތަށް އޭނާ މަޤާމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ހުށަހަޅައިފިއެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން ބުނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާގޮތަށް ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުދިން 8 މެންބަރުންގެ އިއްތިފާޤުންނެވެ. މިމައްސަލަ ކޮމިޓީން ނިންމައި ތަޅުމަށްވަނީ ފޮނުވާފައެވެ. މިހަފްތާގައި އޮންނަ މަޖިލީހުގެ ޖަލްސާގައި މައުސޫމް މަޤާމުން ވަކިކުރުމާއިމެދު ގޮތެއް ކަނޑައެޅިގެންދާނެއެވެ.

އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަަށް ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ހއ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމާއި، އަދި ކުޅުދުށްފުށީ ކޯޓްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ފަނޑިޔާރެއްގެ ކިބައިގައި މަސައްކަތު މާހައުލުގައި ހުރެގެން ނުވާނެ ކަންކަން ތަހުގީގަށް އިސްމެޖިސްޓްރޭޓްގެ ވާހަކައިންނާއި ހެކިންގެ ހެކިބަހުން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން