އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން މިރޭ ބުނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެކުންފުނިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން ތެލުގެ އަގަށް ގެނައި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުންޏެެވެ.

މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމްގެ)ގެ ސްޓޭޝަން ތަކުން ވެސް މިއަދުން ފެށިގެން ތެޔޮ ވިއްކާނީ ޕެޓްރޯލްލީޓަރެއް 13.98 ރ. އަށް އަދި ޑީސަލް ލީޓަރެއް 13.92 ރ. އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް އަރުވާ ކަަމަށް އެކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން