ސިޔާސީ ޕާޓީގެ ނިޒާމްގައި ޕާޓީ އާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތް މިފަސްއަހަރު ތެރޭގައި ދަސްކޮށްދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި 20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޢަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވީ، މި ފަސްއަހަރު ތެރޭގައި ސިޔާސީ ޕާޓީގެ ނިޒާމްގައި ޕާޓީ އާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ދަސްކޮށްދޭނެ ކަމަށެވެ. ޢަބުދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ޕާޓީއަކީ ސަރުކާރުގެ ވުޒާރާ އެއް ހިނގާ ގޮތަށް އޭގެ ޒާތުގައި ކޮންމެ ދުވަހަކު ވެސް ހިނގާ މުވައްސަސާ އަކަށް ހައްދަވަން ކަމަށާއި އެމަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ޕާޓީ އަށް ފުލްޓައިމް ސެކްރެޓަރީ ޖެނެރަލް އެއް ހޯދުމުގެ މަސައްކަތް މިހާރު ރައީސް ކުރަށްވަމުން ގެންދަވާ ކަމަށާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ލައްވައި ޕާޓީ ހިންގަވަން ރައީސް ބޭނުންފުޅުނުވާ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީ ހިންގަން ތިބެންޖެހޭނީ ފުލްޓައިމް މުވައްޒަފުން ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެރިކަން ކުރާ ޕީއެންސީ ވަރަށް ރަނގަޅަށް ހިގައިގަންނާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެމްޑީޕީ އާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވެ މެމްބަރުންތަކެއް ވަކިވެ އެމެންބަރުބް ވަނީ އާ ޕާޓީ އެެއް އުފައްދާފައެެވެ. އަދި އެމްޑީޕީގެ އިސްލީޑަރު އަދި ރަައީސުލްޖުމުހޫރިއްޔާ އާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެގެން ދިޔަކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން