މިފެށުނު ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުލުހުން މެދުވެރިކޮށް އަތޮޅުތެރެއަށް ފޮނުވައިފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ބައެއް ރަށްރަށަށް ޓެކްސްޓް ފޮތްތައް ކުރިން ތާވަލުކުރިގޮތަށް ފޮނުވިފައެއް ނުވެއެވެ. އެހެންވެ އެ މަސައްކަތް އޮތީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު ބުނީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް އަތޮޅުތަކަށް ގެންދިއުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މެރިން ޕޮލިހުން ނިންމައިލާފައިފައިވާ ކަމަށެވެ. އަދި ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މެރިން ޕޮލިސް މެދުވެރިކޮށް ފޮތްތައް ފޮނުވީ ހއ.، ހދ.، ށ.، ނ.، ޅ.، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށެެވެ.

އެގޮތުން ޓެކްސް ފޮތްތައް ހިމެނޭ 26.3 ޓަނުގެ 2194 ފޮށިގަނޑު ފޮނުވިކަމަށް ވެސް ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސްކޫލުތަކަށް ފޮތްތައް ލިބުން ލަސްވީ ފޮތް ޕްރިންޓުކުރާ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް އޮތުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން