ދެ ފުލުހުންނަށް ވަޅިން ބިރު ދެއްކި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 10 ޖަހާ އެހާކަންހާއިރު، ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ތިން މީހުން ހައްޔަރުކުރި އެވެ. އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ.

އެ މީހުންގެ ބަންދަށް ހަތް ދުވަސް ކުރިން ޖެހިއިރު އިއްޔެ ވަނީ ބަންދުގެ މުއްދަތު ހަމަވެފަ އެވެ. އެހެންވެ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން އިތުރު 22 ދުވަސް ވަނީ ޖަހައިދީފަ އެވެ.

އެ މައްސަލާގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން ބަލަމުން ދާކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

ހައްޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން