އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރާ ފޭބުން މިއަދު މަނާކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އައްޑޫ ސިޓީގެ ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނީޓަރިންގއަށް ލާފައިވާ ކަމަށެވެ. އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދު 11:00 ގައެވެ.
އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވާއިރު، އެ ސިޓީ ފޭދުގައި ކަރަންޓީންގައި ހުރި ފުލުހަކާއި، ހިތަދޫގައި ކަރަންޓީންގައި ހުރި ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ފުލުސް މީހާއަކީ މިމަހުގެ 6 ވަނަ ދުވަހު ފޭދޫއަށް ދިޔަ މީހެކެވެ. މިހާތަނަށް އޭނާއާއި ގާތުން ބައްދަލު (ކްލޯސް ކޮންޓެކްޓްސް) ވެފައިވާ ހަ ފުލުހަކު ފާހަގަކުރެވިފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހާއަކީ އައްޑޫ ހައި ސްކޫލުގައި ހަދާ އިމާރާތް އެޅުމުގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްގެ ބިދޭސީއެކެވެ. އޭނާ ޕޮޒިޓިވްވި ކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓިނުގެ މުއްދަތު ނިންމައި ހަދާފައިވާ ޓެސްޓުންނެވެ.
ފަހަކަށް އައިސް އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިހާތަނަށް ރާއްޖޭގެ 13 ރަށަކުން ކޮވިޑް-19 ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު