މާލޭގެ ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާން ރޯވެފައިވަނީ ހ. ހަމަރޯޅިގޭގައި ކަމަށެވެ.



ހަމަރޯޅިގެއިން ދުން އަރާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 16:36 ހާއިރު ކަމަށާއި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާންގަނޑު މިއަދު 17:14 ހާއިރު ނިއްވާލެވުނު ކަމަށް ވަނީ ބުނެފައެވެ.



މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން