ވޭތުވެދިޔަ 30 އަހަރުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އަށް ހާސިލުކުރެވުނީ ކޮން ކާމިޔާބީ ތަކެއްތޯ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ސުވާލު އުފައްދަވައިފިއެވެ.

"ފަގީރުކަން އަދިވެސް އެބައޮތް. މޫސުމީ ބަދަލުތައް ބޮޑު ބިރަކަށް ވަނީ ވެފައި. އަޅުގަނޑުމެންގެ ވެށި ދަނީ ހަލާކުވަމުން. ގައުމުތަކުގެ ބޭރުގެ ދަރަނި ދަނީ އިންތިހާ އަށް ބޮޑުވަމުން. އިންސާފެއް ނުލިބޭ. ހަމަހަމަ ކަމެއް ނެތް." ރައީސް ވިދާޅުވިއެވެ.

ސިޑްސްގެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަން އިސްކޮށް، ތަރައްގީއަށް މަސައްކަތް ކުރަންވީ ވަގުތު އަތުވެއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނާޒުކު ކަމަކީ އަޅުގަނޑުމެންގެ ބަލިފަޔަކަށް ވިޔަ ނުދެމާތޯ. އެއީ އަޅުގަނޑުމެން ހިތްވަރު ހޯދަންވީ ކަންކަން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކަމުގެ ނިޝާނެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ 10 އަހަރަކުން މި ކޮންފަރެންސް ބޭއްވުމުން މި ހަރަކާތުގެ އަސްލު މަގުސަދު ހާސިލްވޭތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި ކޮންމެ ފަސް އަހަރަކުން މި ކޮންފަރެންސް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ ބެލުން ބުއްދިވެރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން