އދ. މަހިބަދޫ - އެރަށުން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި
އދ. މަހިބަދޫ - އެރަށުން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި
އދ. މަހިބަދޫ އިން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ، މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހު އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 80 އަހަރުން މަތީގެ މީހެކެވެ. އޭޑީކޭއަށް ގެނައި އެ ބަލި މީހާ ހެދި ފުރަތަމަ ޓެސްޓުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ދެވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާތަނަށް މަހިބަދޫގައި ހޯމް ކަރަންޓީނުވި އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ނުވާއިރު، މިއީ މަހިބަދޫއިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގެ ރަށްތަކުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެންނަމުންދާއިރު އިއްޔެވެސް ރާއްޖެއިން 129 މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން