ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރަން މޯލްޑިވް ގޭހުން އެލައިޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ަސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ.

އެ އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ހުންނަ މޯލްޑިވް ގޭހުގެ މައި ޓާރމިނަލްގެ އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުރެވިގެންދާނެ ކަމަށް މޯލްޑިސް ގޭހުން ބުނެއެވެ.

މޯލްޑިވް ގޭހުން ބުނީ މިހާރު ގޭސް ރައްކާކުރެވެނީ 35 ދުވަހަށް ކަމަށެވެ.

އެހެން ނަމަވެސް އެލައިޑާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއު ނިމުމުން ގާތްގަނޑަކަށް 5 މަސްދުވަހަަށް ބޭނުންވާ ގޭސް ރައްކާކުރެވޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މި ސަރުކާރުން ވެރިކަމަށް އައިފަހުން ގޭސް ސަޕްލައިކުރުމުގެ ހިދުމަތް ފުޅާކުރަން ދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން އުތުރާއި ދެކުނުން މޯލްޑިވް ގޭސް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން