ފަރެސް މާތޮޑާގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
ސިލްވާ ލޭންޑް ހޮޓެލްސްއާ އެކު އާރްއޭސީއެލުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 100 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ.
ގާތްގަނޑަކަށް 20މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު އެސިޓީ ހޮޓަލުގެ ސަބަބުން އެސަރަޙައްދުގައި 200 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އާރްއޭސީއެލް އިން މަޢުލޫމާތު ދީފައިވެއެވެ.
މިއެއްބަސްވުމުގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ މާޗްމަހުގެ 15 ގައެވެ. އެ އެއަރޕޯޓް ހުޅުވުމާއެކު އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އެ ސަރަހައްދަށް އަންނާނެކަމަށް ސަރުކާރުން ވަނީ މީގެކުރިންވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު