މިއަދު ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން މަދުވިޔަސް އަޑުމަޑެއް ނުވާނެ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތުމަތު ސައުދާ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުުރުމުގެ ޖަލްސާގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސައުދާ ވަނީ މި ފެށޭ މަޖިލީހާމެދު ދެކެވަޑައިގަންނަވާ އުއްމީދުތައް ހާމަކުރައްވައިފަ އެވެ.

ސައުދާގެ ވާހަކައިގައި މަޖިލީހުގައި މި ފަހަރު ތިއްބެވީ އެންމެ ތިން އަންހެން މެމްބަރުންކަން ފާހަގަ ކުރެއްވި އެވެ.

އެކަމަކުވެސް އެ ތިން މެމްބަރުންގެ އަޑު މަޑު ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ހަމަ ރަނގަޅު ގޮތުގައި ނަމޫނާ މަޖިލީހެއްގެ ގޮތުގައި ދެއްކުމަށް އަޅުގަނޑުމެންނަށްވެސް ހަމަ ކުރެވުނު މަސައްކަތެއް ހަމަ ކުރާނަން." ސައުދާ ވިދާޅުވި އެވެ.

ސައުދާއާއެކު މި ފަހަރުގެ މަޖިލީހުގައި ހިމެނޭ އަނެއް ދެ އަންހެން މެމްބަރުންނަކީ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އެވެ. އެ ތިން މެމްބަރުންވެސް މަޖިލިސް ތަމްސީލުކުރައްވަނީ ޕީއެންސީގެ މެމްބަރުންގެ ގޮތުގަ އެވެ.

ނިމިގެން ދިޔަ މަޖިލީހުގައި ވެސް އަންހެން މެމްބަރުންގެ އަދަދު މަދެވެ. އެއީ އެމްޑީޕީގެ ތިން އަންހެން މެމްބަރަކާއި ޑިމޮކްރެޓްސްގެ އަންހެން މެމްބަރެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން