ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ގެ އަމިއްލަ ފިހާރަ "ސުނީ ސްޕެޝަލް" ފަޅާލައިފި އެވެ.

މާލޭގެ ޗާންދަނީ މަގުގައި ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސުނީގެ ފިހާރަ ފަޅާލިކަން އެނގުނީ ރޭ ފިހާރަ ހުޅުވަން ދިއުމުން ކަމަށް ސުނީ ބުނެއެވެ.

އިއްޔެއަކީ ސުނީގެ އުފަންދުވަސް ކަމަށާއި މިއީ ރަނގަޅު "ބާތުޑާ ޕްރެޒެންޓް" އެއް ކަމަށް ވެސް ސުނީތާ ފޭސްބުކްގައި ބުނެފައި ވެއެވެ.

ފިހާރަ ފަޅާލައި ދޮރަށް ގެއްލުންތައް ދީފައިވާ މަންޒަރުތައް ފެންނަ ފޮޓޯތައް ސުނީ ވަނީ އާންމުވެސްކޮށްފަ އެވެ.

އެ ފިހާރައިގައި ހުރި ބައެއް ތަކެއްޗާއި ވަތްގަނޑުގައި ހުރި ފައިސާވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ސުނީ ބުނެއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރިހާކުރާއި އެކި ދިވެހި އުފެއްދުންތައް ވިއްކާ ސުނީގެ ފިހާރަ ހުޅުވީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން