އެމްއެމްއޭ ގެ ގަވަރުނަރު ޢަލީ ޙާޝިމް
އެމްއެމްއޭ ގެ ގަވަރުނަރު ޢަލީ ޙާޝިމް
ސަރުކާރުން އެދުނުގޮތަށް އެމްއެމްއޭ އިން މިދިޔަ މަހު ދައުލަތަށް ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯކޮށްދީފިއެވެ.

އެމްއެމްއޭއިން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މި ފައިސާއަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ދަތިކަން ކުޑަކުރުމަށް އެމްއެމްއޭ އިން 4.2 ބިލިޔަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނުމަށް މާލީ ވުޒާރާއިން މަޖިލީހުގައި އެދުމުން އެކަން އެގޮތަށް ކުރުމަށް މަޖިލީހުން ފާސް ކުރުމަށްފަހު އުސޫލާ އެއްގޮތަށް ދޫކޮށްފައިވާ ފައިސާއެވެ.

ދައުލަތަށް އެންމެ އެކަށީގެންވާ ގޮތަށް އާމްދަނީ ލިބިފައި ނުވާތީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އޯވަޑްރޯއެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

ފިނޭންސުން ވަނީ 4.2 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވާޑްރޯ ކުރެވޭ ގޮތަށް ހަަމަޖެހިގެން ދިއުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތުގެ ކަށަވަރުކަން ދެވޭނެ ކަމެއް ކަމަށް ބުނެފައެވެ.

ބައެއް އިގްތިޞާދީ މާހިރުންގެ ނަޒަރުގައި އެމްއެމްއޭ އިން އޯވަޑްރޯ ކުރުމަކީ ތަފާތު މައްސަލަ ތަކެއް މުސްތަގުބަލުގައި އިޤްތިޞާދަށް ކުރިމަތިވާނެ ކަމެކެވެ. މިއީ "ފައިސާ ޗާޕުކޮށްގެން" އިގްތިސާދަށް ނެރުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރާއިރު އޯވަޑްރޯގެ ގޮތުގައި ފައިސާ ދޫކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫން ކަމަށް މާލީ ވަޒީރު އަމީރު ވަނީ ވިދާޅުވެފައެވެ. އަދި އޯވަޑްރޯ ކުރި ނަމަވެސް އިގްތިސޯދަށް އިތުރު މައްސަލަތަކެއް ދިމާނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ނުރަބޯ

10-Aug-2020

މަރުކަޒީބެންކް އެމްއެމްއޭ އިން ލާރި ދަމަނީ, ބޭންކު ތަކުން ލާރި ދަމަނީ, ކުންފުނި ތަކުން ލާރި ދަމަނީ, އެކިއެކި ނަންނަމުގައި ޓެކްސް ތައް ތަޢާރަފް ކޮށްގެން ރައްޔިތުން އަތުުން ލާރި ދަމަނީ, ރިސޯޓްތަކުން ލާރި ދަމަނީ, ވެހިކަލްތަކުގައި ސްޓިކަރ ޖަހައިގެން ލާރި ދަމަނީ, މާސްކު ނާޅާ މަގުމައްޗަށް ނުކުތީމާ ލާރި ދަމަނީ މިވަރުން ނުފުދިގެން ފުލުފުލުގައި ލޯނަކު ފުލު ލޯނެއް ނަގަނީ. ނޫނޭވާ މިއޮތީ ސަރުކާރެއް.



ޓްރެންޑިން