ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގުނޫތުކިޔަން އަނެއްކާވެސް އަންގައިފި އެވެ.

ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ފަރުޟު 5 ނަމާދުގައި ގުނޫތު ކިޔަން ފުރަތަމަ ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އިސްރާއިލުން ޣައްޒާާއަށް ހަމަލާތައް ދޭން ފެށީވެސް ހަމަ އެ މަހު އެވެ.

ގުނޫތު ކިއުން ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ނަމަވެސް އިސްރާއިލުގެ ހަމަލާތައް އޭގެ ފަހުން ވަނީ އަދި އިތުރަށް ވަރުގަދަކޮށްފަ އެވެ.

އިސްރާއިލުން ރަފާއަށް އަރައިގަނެ އަނިޔާވެރިކަން އިތުރަށް ފުޅާކޮށްފައިވަނިކޮށް އަނެއްކާވެސް ގުނޫތު ކިޔަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

"ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު." އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޓުވިޓާގައި ވިދާޅުވި އެވެ.

އިސްރާއިލުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސް ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު ވަގުތީ ހިޔާ ހޯދައިގެން ތިބި ރަފާހުގެ ޓެންޓުތަކަށް ވެސް މިހާރު ދަނީ ހަަމަލާތައް ދެމުން ނެވެ.

އިސްރާއިލުގެ ހަމަލާތަކުގައި މިހާތަނަށް 35،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން