ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޓޮންގޯގެ ބޮުޑުވަޒީރު ސިއާސީ ސިވަލެނީއާއެކު މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

އެ ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަރައްގީގެ މަގުގައި ކުރިޔަށްދާއިރު އަމިއްލަ ފުދުންތެރިކަމާއެކު ކުރިޔަށްދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން ދެ ލީޑަރުން ވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމާއިއެކު، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން