ށ. ފުނަދޫގައި ސިހުރު ހެދި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު އެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ޖަހައިދިން 15 ދުވަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

އެހެންވެ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ފުނަަދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިދީފަ އެވެ.

މަންޑޭއަށް ސިހުރު ހެދި ކަމަށް ބުނެ ފުނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މުޒާހަރާވެސް ކުރި އެވެ. އަދި އެ މައްސަލައިގައި ކޯޓް ދޮށުގައި ކުރި މުޒާހަރާ ހޫނުވެ އެސްއޯ ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން