އަރަބިއްޔާ ސްކޫލުގެ ދަރިވަރަކު ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އަރަބިއްޔާގެ ދަރިވަރަކު ކައިވެނިކޮށްގެން ސްކޫލުގައި އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނީ އެކްސްގައި ދައުރުވަމުން ދިޔަ ޕޯސްޓަކާ ގުޅިގެން ނެވެ.

މި ހަފްތާގައި ފެންމަތިވެގެން އުޅޭ އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ކައިވެނިކޮށްގެން އުޅެނީ 18 އަހަރު ނުވާ އަރަބިއްޔާގެ ގްރޭޑް 10ގެ ފިރިހެން ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕޯސްޓު އެ މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަަމަށެވެ.

ނަމަވެސް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ އެ މައްސަލަ ސްކޫލް ސޭފްޓީ، ހެލްތު އެންޑް ސަޕޯޓް ޑިވިޝަނުން ބެލިކަމަށާއި ނަމަަވެސް އެފަދަކަމެއް ހިނގިކަން އެނގެން ނެތް ކަަމަށެވެ.

އަށާރަ އަހަރު ނުވާ ކުދިން ކައިވެނި ކުރުމަކީ ގަނޫނީ ގޮތުން މަނާ ކަމެކެވެ. އަދި ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް 18 އަަހަރުވިޔަސް ކައިވެނި ކުރުމުގެ ހުއްދައެއް ނޯވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން