ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު
ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލެއް ނުގެނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވީ، ވެރިކަމަށް އަންނަ ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލަކުން އެ ޕާޓީން އެހެން ޕާޓީތަކާއެކު ވެފަައިވާ ކޯލިޝަން އެއްބަސްވުމަކަށް ބަދަލެއް ނާންނާނެ ކަމަށް ސައުދު ވިދާޅުވި އެވެ. އެފަދަ އިސްލާހެއް ގެނެސްފިނަމަ، އެ އިސްލާހާއި އެއްގޮތަށް ޝަރުތު ހަމަނުވާ ޕާޓީތަކުން އެ ޕާޓީއަކާއެކު ކުރިއަށް އޮތް ތަނުގައި ކޯލިޝަން ނުހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



"ވެރިކަމަށް އަންނަން ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި، ޕާޓީތަކުގެ އަސާސީ ގަވާއިދާ އެއީ މުޅިން ދެ އެއްޗެއްކަން ނޭނގޭ މީހުން އުޅޭބާ؟ އެ ވަރު ނޭނގޭ ބޭފުޅުން ގާނޫނު ހަދާ މަޖިލީހުގައި ތިބުމަކީ ވަރަށް ދެރަ ކަމެއް." އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ އިސްލާހަށް އިޝާރަތް ކުރައްވަމުން ސައުދު ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިޝަން ސަރުކާރެއްގެ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮށްފިނަމަ ކޯލިޝަނުގެ ސްލޮޓް ގެއްލޭނެކަމަށެވެ. އެގޮތަށް ހުސްވާ މަޤާމުގެ ހުސްކަން އަންނަ ވުޒާރާގެ ވަޒީރު ކަމުގެ މަގާމަށް ފޮނުވަން ވާނީ އިލެކްޝަންސް ކޮމިޝަނުގެ، ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށް ބޮންޑޭ ހުށައެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ އަދާލަތު ޕާޓީ އާއި ޖުމުހޫރީ ޕާޓީ އާއި އެމްއާރުއެމް ނުވަތަ ރައީސް މައުމޫނާއެކު އެމްޑީޕީ އެކުލަވާލި ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް ސޯލިހް ދާދިފަހުން ވިދާޅުވެފައިވަނީ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ހިއްސާ އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން." ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ސަމީރު

10-Aug-2020

ކޯލިޝަން ރޫޅާނުލެވިގެން އަންނި އެދަނި އެފުށް މިފުށަށް ޖެހެމުން އެކަމަކު ރައީސް އިބޫ ކޯލިޝަން ދަމަހައްޓާނެ ތެޅުނުވަރަކަށް ދާނީ ހުޅުނބު


-4

މުރާދު

10-Aug-2020

ސައުދު ގެ ވާހަކަ އަށް 100% ތާއީދު ބޮޑޭ އަކީ މަޖިލިސް އަށް ހޮވިފަ ހުއްޓަސް ތަންދޮރު އެނގޭ މީހެއްނޫން އައްނި ބުނީމަ ބުނިކަމެއް ކުރަން ގެންގުޅޭ ބޯއީ އެއް



ޓްރެންޑިން