ޗައިނާގެ ފަތުރުވެރިން އިތުރުކުރަން އެމްއެމްޕީއާރުސީން ޗައިނާގެ އެންމެ ވަރުގަދަ ޕޭމަންޓް ހިދުމަތްދޭ ވީޗެޓް ޕޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އައިޓީބީ ޗައިނާ ފެއާގެ ތެރެއިން ނެވެ.

އެ އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. އަދި ވީޗެޓްގެ ރީޖަނަލް ޑައިރެކްޓާ ފޯ ސައުތުއީސްޓް އޭޝިއާ އޭޓީއެން އެންގް އެވެ.

ވީޗެޓް ޕޭއަކީ ޗައިނާގައި އެތައް މިލިއަން ބަޔަކު ބޭނުންކުރާ ހިދުމަތަކަށްވާއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެއްކަން ވެސް ޒިހުނީ ފާހަގަ ކުރެއްވި އެވެ. އެހެންވެ ޗައިނާގެ ފަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ވީޗެޓާއެކު އެއްބަސްވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އަދި އެއްބަސްުމުގެ ދަށުން ވީޗެޓް ޕޭއިން ފައިސާ ދެއްކޭނެ އެެވެ.

ވީޗެޓްގެ ރީޖަނަލް ޑައިރެކްޓާ ފޯ ސައުތުއީސްޓް އޭޝިއާ އޭޓީއެން ވިދާޅުވީ މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކާއި ސަލާތާއި އަދި ސިޓީ ގާޑަންގައި ވީޗެޓް ޕޭ ބޭނުންކުރަމުންދާ ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން