ރ. އުނގޫފާރުގައި މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފި އެވެ.

އެ ޒުވާނާ ކަރަންޓުގައި ޖެހުނީ އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި ބައްތިއަކުން އެ ބައްތި ކައިރީ ހެދިފައި އޮތް ފެންގަނޑަށް ކަރަންޓު ލީކުވެފައި ވަނިކޮށް އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ކަރަންޓުގެ އަސަރު ކުރުމާއި ގުޅިގެން އެކުއްޖާ ސަލާމަތް ކުރަން އުޅެނިކޮށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާގެ ހިތް މަސައްކަތް ކުރަން ފެށީ އެތައް އިރަކު ސީޕީއާރު ދީ ހެދިފަހުންނެވެ. އަދި ބޭރުފުށުން ފެންނަންހުރި އަނިޔާތައް ކުޑަނަމަވެސް، ބޮޑަށް އަނިޔާ ލިބިފައިވަނީ އެތެރެހައްޓަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ފަހުން އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެެޗްގައި އެ ޒުވާނާއަށް ފަރުވާ ދެމުންދާ އިރު އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލާ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން