ފެނަކައިން ވޭމަންޑޫ ބަނދަރުގައި ސޯލާ ޕެނަލް ހަރުކޮށް ނިންމައިފިއެވެ.

ވޭމަންޑޫގެ ބަނދަރުގަޔާއި ސަރުކާރު އިމާރާތްތަކުގައި ހަރުކުރި މި ސޯލާ ޕެނަލް ތަކަކީ 250 ކިލޮވޮޓްގެ ނިޒާމެކެވެ. މި ނިޒާމު ކަރަންޓުގެ ވިއުގަ އާއި ގުޅާލުމުން ކަރަންޓު އުފެއްދުމަށް ކުރާ ހަރަދު ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން ކޮންމެ މަހަކު 10500 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.



ވޭމަންޑޫގައި ހަރުކުރި ސޯލާ ޕެނަލްތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ހަރުކުރި ޕެނަލް ތަކެކެވެ. ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮއްގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ފެނަކައިން ދަނީ އޭޑީބީގެ ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން އެ ކޯޕަރޭޝަނުން ހަރަކާތްތެރިވާ ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން