(ފޮޓޯ: ޙުމައިދު، ރަސް އޮންލައިން)
(ފޮޓޯ: ޙުމައިދު، ރަސް އޮންލައިން)
އެއާޕޯޓު ޓެކްސީ ކިއު އިން ދިމާވަމުންދިޔަ މައްސަލަތަކަށް ވާނީ ހައްލެއް ގެނެވިފައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އުސޫލުތަކާއި ގަވާއިދުގެ ތެރެއިން އެއާޕޯޓުގައި ހިދުމަތް ދިނުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކޮށް އަދި އާންމު ފަރާތްތަކުގެ ޝަކުވާތައް އަޑުއަހަން ކިއުއާރް ކޯޑެއް ތާރަފްކުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ކަންތަކުގެ ތެރެއިން ހެޔޮ ބަދަލެއް ނުފެނުމުން ފުލުހުން މެދުވެރިވެގެން ކިއު ތަރުތީބު ކުރުމުން އެއާޕޯޓު ޓެކްސީ ކިއުއަށް ހެޔޮ ބަދަލެއް ފެނިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެއާޕޯޓު ޓެކްސީ ކިއުއަށް 100 ޕަސެންޓް ހައްލެއް ގެނެވޭނީ މިހާރު މަސައްކަތް ކުރަމުންދާ ޑިޕާޗާރ ޓާމިނަލް ހުޅުވުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެމްއޭސީއެލުން ގެނެސްފައިވާ ނަންބަރު ދޫކުރުމުގެ ނިޒާމް ގާއިމްކުރެވި، ޓެކްސީތައް މަޑުކުރަން ބޭނުންވާ ޖާގަ ތަނަވަސް ވެގެން ދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްސީ ނިޒާމަށް ގެންނަން ރާވައިފައިވާ ކަންތައްތަކަށް އަލި އަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މީޓަރު ޓެކްސީ ތާރަފްކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން އެޕެއް ބޭނުން ކޮއްގެން މީޓަރު ތާރަފް ކުރުމުން އެއް ސްޓޭންޑާޑެއްގައި އަގުތަށް ހުންނާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދާދި ފަހުން ޓެކްސީ ކުރާ އަގުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން