ދަނޑުވެރިކަން ކުރަން ބިން ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

މިއީ އެޗްޑީސީއިން ހިންގާ ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެއްޓުމަށްޓަކައި ހުޅުވާލި ފުރުސަތެކެވެ. އެގޮތުން މިހާރު ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވަނީ ޒުވާނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ބިންތައް އެކަންޏެވެ. ޝަރުތު ހަމަވާ ފަރާތްތަކުން 12 ޖޫންގެ 23:59 ގެ ކުރިން ފޯމު ހުށައަޅަން އެޗްޑީސީން އެދެއެވެ.

އެޗްޑީސީން ހިންގާ ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއަކީ ދަނޑުވެރިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކޮށް ދަނޑުވެރިކަމުގެ ސިނާއަތަށް މީހުން ޝައުގުވެރި ކުރުމަށް ހިންގާ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ 48 ދަނޑުވެރިންނަށް 16 ބިމެއް ދޫކޮއްފައެވެ.

މި މަޝްރޫއަކީ ރާއްޖެއަށް އާ ކޮންސެޕްޓަކާއި އެކު ފުރަތަމަ ފަހަރަށް ހިންގޭ މަޝްރޫއުއެކެވެ. މި މަޝްރޫއަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯނެޓްގެ ފަންނީ އެހީތެރިކަން ލިބެމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން