ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ހައްގުތައް ދިފާއުކޮށް އެ މީހުންނަށް އަމާން ރައްކާތެރި އުފާވެރި ދިރިއުޅުމެއް ކަށަވަރު ވާނެ ގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބޮސްނިއާގައި ސާބުން، މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގައި ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ބޮސްނިއާގެ މުސްލިމުންނާއެކުގައި ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކަށް އަދި ޖަމާއަތަކަށް ވެސް އެންމެ ރަނގަޅު ހެޔޮ ގޮތަށް އެދި އެކަމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

"ބޮސްނިޔާ ގަތުލު އާންމާ ގުޅިގެން މިހާތަނަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭން މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި، ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް،" ތަރުޖަމާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައިމިވަނީ ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ސާބުން ހިންގި ގަތުލު އާންމާ ގުޅިގެން އެދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން އިސް ނަގައިގެން އދ. އަށް ހުށަހެޅި މައްސަލައިގެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވާތީ އެކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނައްސަލަ ހުށައަޅާފައިވަނީ އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު ހުއްޓުވުމާ ދެކޮޅަށް ވަކާލާތުކޮށް އިޒްރޭލުގެ ދިފާއުގައި ވަކާލާތުކުރާ ގައުމުތަކުން ހުށައެޅި މައްސަލަ އެކެވެ. އެހެންކަމުން އިސްލާމީ ގިނަ ގައުމުތަކުން މި މައްސަލައަށް ވޯޓެއް ނުދެއެވެ.

ބޮސްނިއާ ގަތުލުއާއްމު ހިންގާފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގަ އެވެ. އެ ގަތުލުއާއްމުގައި 8،372 މުސްލިމުން ވަނީ ޝަހީދުކޮށްލާފައެެވެ. އެ ލާއިންސާނީ ބޮޑު ޖަރީމާ ހިންގާފައިވަނީ ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގުރޫޕަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން