އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، ތައިލެންޑާއި ޔޫއޭއީން ބޭސް ފަރުވާ ކުރުމުގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ތައިލޭންޑާއި ޔޫއޭއީގައި އާސަންދަ ސްކީމު މެދުވެރިކޮށް ބޭސްފަރުވާ ކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށް ޒީނިއާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް މިހާރު ޚިދުމަތް ލިބޭ ގައުމުތައް ފިޔަވައި އެހެން،، އެއަށްވުރެވެސް ރަނގަޅު ގައުމުތަކުގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރެވުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށެވެެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެގޮތް ހެއްދެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިއްތިބެ

22-Jun-2024

ދިޔަކަމުގެ ފައިދާ ނަގާނީ ދައުލަތުގެ ވެރިންނާއި ޢިއްޒަތްތެރި މެންބަރުންނާއި ގުޅިފައިވާ އައުވާނުން. އަހަރެމެންނަށް ހަމަ ސުމެއް. ބައްލަވާ މިއުޅެނީ ރާއްޖޭގައި ހިންގާ ތަންތަނުންވެސް ބައި ރުފިޔާއަކަށް ވުރެ ބޮޑު ވެއްޖެ ނަމަ ތިޔަބުނާ އާސަންދަ ނުލިބެގެން އަހަރެމެނަށް ފައިދާއެއް ވާނީ ފުރަތަމަ ރާއްޖެ އިން ލިބެންހުރި ސިއްޙީ ޚިދުމަތެއް އާސަންދައިން ހަމަޖައްސާދީފި ނަމަ ގައިމު ބޭރަށް ފޮނުވުމައްވުރެ ޚަރަދުވެސް ކުޑަވާނެ. ތިޔައުޅެނީ ތިޔަ ނަމުގައި އިތުރަށް ދައުލަތް ދަވާލަން.



ޓްރެންޑިން