ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށްދާ ފަރާތްތަކަށް ބަގީ އާއި ވޭނުގެ ހިދުމަތް ލިބޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނެފައިވަނީ ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހައްޖުވެރިން ހޮޓެލްތަކުން މައި މަގަށް ނުކުތުމަށް ބަގީއާއި ވޭނުގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާކަމަށެވެ.

އެގޮތުން، އެކަމަށް 6 ބަގީ އަކާއި 1 ވޭން މި އަހަރުގެ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހަރަކާތްތެރިވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުކޮށްފައިވާއިރު އެ ކޯޕަރޭޝަނުން ވަނީ ހައްޖުވެރިން މައްކާއިން މަދީނާއަށް ބަހުގައި ކުރާ ދިގު ދަތުރު ރޭލަށް ބަދަލުކޮށް އެންމެ ދެ ގަޑިއިރެއްހާއިރު ތެރޭ ދަތުރު ނިމޭނެ ފަސޭހަ އިންތިޒާމު ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފޮނި އައްޔަ

22-Jun-2024

ހައްޖު ކޯޕަރޭޝަން ހައްޖުވެރިން ބަހައްޓާ (ބަލަދުއް ޠައްޔިބު) ހޮޓަލަކީ (އެހޮޓަލުގެ ވެރިފަރާތުން) އަބަދުވެސް ބެޓެރީ ބަގީ ބަހައްޓާދީފައިވާ ހޮޓަލެއް .. އެއީ އެހޮޓަލުގައި ތިބޭ ގްރޫޕު ތަކުން ކުރާކަމެއްނޫން... އުމްރާ ދަތުރު ތަކުގައި ދިވެހި އެހެން ގްރޫޕު ތައްވެސް އެ ހޮތަލުގައި ތިބޭ



ޓްރެންޑިން