ރިލްވާނަށް ވީގޮތް ހޯދުމަށް ޢާއިލާއިން ކުރި މުޒާހަރާއެއްގެ ތެރެއިން
ރިލްވާނަށް ވީގޮތް ހޯދުމަށް ޢާއިލާއިން ކުރި މުޒާހަރާއެއްގެ ތެރެއިން
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ މައްސަލައިގެ ހުރިހާ ހެއްކެއް ނައްތާލީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ކަމަށް ޢާއިލާއިން ތުހުމަތު ކޮށްފިއެވެ.

ރިޟުވާން މައްސަލާގައި ކުރެވެންހުރި ހުރިހާ ކަމެއް އޮންނާނީ ކޮށްފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެމުން ރިޟުވާންގެ ދައްތަ ފާތިމަތު ޝެހެނާޒް މިއަދު ބުނީ، ރައީސް ޔާމީން ބުނެގެން ރިޟުވާން މައްސަލައިގެ ހުރިއްޔާ ހުރި ހެއްކެއް ނައްތާލައި ކުށްވެރިންނަށް ޙިމާޔަތް ދިނީ ޢުމަރު ކަމަށެވެ.

"އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ބަންދު ކޮށްފައެއްނު ކަލޭ ތިހުރީ." ޢުމަރަށް ރައްދު ދެމުން ޝެހެނާޒް ބުނެފައިވެއެވެ.



ޝެހެނާޒް އިތުރަށް ބުނީ ޢުމަރު ނަސީރަކީ ފެއިލްވެފައި ހުރި މީހެއް ކަމަށާއި، ރިޟުވާނުގެ ވާހަކަ ދައްކަން ޢުމަރު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"ޔާމީން ބުނެގެން ހުރިހާ ނުބައިކަމެއް ކޮށްފަ، ހެކި ނައްތާލާފަ ހެދުނުހާ ދޮގެއް ޢާއިލާއަށް ހަދާފަ އޯކޭ ނޯޓެޑް ސަރ ޖަހާފަ، އަދިވެސް ސިޔާސީ މަންފާ ހޯދަން ދޯ މީނަ މި އުޅެނީ." ޝެހެނާޒް އުމަރަށް ތުހުަތުގެ އިނގިލި ދިއްކޮށް ބުނެފައި ވެއެވެ.



ރިޟުވާނު ގެއްލުވާލިތާ 6 އަހަރު ވުމާ ގުޅިގެން އުމަރު ނަސީރުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޟުވާންގެ މައްސަލައިގައި ކުރަންޖެހޭ ހުރިހާ ކަމެއް ރައީސް ޔާމިންގެ ސަރުކާރުން ވާނީ ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ދޮގާ އޮޅުވާލުމުން، އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވި ކަމަށް އުމަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ރިޟުވާނުގެ ޢާއިލާއިން މިވަނީ ޢުމަރަކީ ރިޟުވާނު މައްސަލައިގެ ހެކި ނައްތާލި ފަރާތްކަމަށް ތުހުމަތުކޮށްފައެވެ.

ޓްވީޓާގައި ރައީސް ޞާލިޙް ހިއްސާ ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިޟުވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އަދި ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

ރިޟުވާން އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ރިޟުވާނުގެ ނަން ބޭނުން ކުރައްވައިގެން ކަމަށެވެ.

މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުން ރިޟުވާން ރަހީނުކޮށްގެން ގެންގޮސް ކަނޑު އުޅަނދެއްގައި އޭނާ މަރާލާ ކަނޑުފެއްތީ ކަމަށެވެ. އެމައްސަލައިގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރާ ވަރަށް ހެކި ނެތުމުންނާއި ތަހުގީގް ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


21

علي وحيد

11-Aug-2020

މަރުދޮޅިކޮމިސަން ކޮމިސަންތައް ހަދައިގެން ކުރެވުނުހާވެސް ކަމަކީ ދައުލަތުން ބޭކާރު ޚަރަދުތަކެއް ކުރުން އެއްބަޔަކު ތަޙްޤީޤުކޮށްފަ ދައުވާކޮށްދިނުމަށްއެދި ޕީޖީ އޮފީހަށް ފޮނުވީމަ މި ބުނަނީ ދަޢުވާ ކުރުމަށް ފޮނުވޭވަރަކަށް ހެއްކެތް ނެތޭ ކޯޓަކަށްފޮނުވައިފިއްޔާއި މިބުނަނީ ތިމައްސަލަ ބަލައިގަނެވޭކަށްނެތޭ ހުރިހާ މުއަށްސިސާއެއްގަވެސް ފުންނާބު އުސްވެހެންގޮސް އަތްނުފޯރާ ހިސާބުގަތިބި ގާނޫނު ކައިފަތިބި ވަކީލުން ފަނޑިޔާރުން


0

ދަވާލި19

10-Aug-2020

ރިޝުވާނަށް އިންސާފު ލިބޭނެކަމާމެދު އަހަރެން އެއްވެސް ށައްކެއްނުކުރަން އެމްމެ ފުރިޖަމަ އިންސާފު ލިބޭނީ ގިޔާމައްދުވަހުން ﷲ ގެ ހަޒްރަތުން އެހެންވީމާ ގައުމު ފިތުނަކުރަން ރިޝުވާނުގެ އާއިލާއިންވެސް ނޫޅެ އޭނަޔައް މަންފާކުރުވަނިވި ކަމެއްކުރުން ބުއްދިވެރިވާނެކަމައް ދެކެން


7

ގހހ

10-Aug-2020

މިކަމެކޭކިޔައިގެން މިމީހުން މަޝްހޫރުވާންވެގެން



ޓްރެންޑިން