މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ހެންވޭރުގައި ހުންނަ ބަސް ހުއްޓި ސަރަހައްދުގައި ހުރެ ޖިންސީ ގުނަވަން ދެއްކިކަމަށް ބުނެ ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ. އެއީ ނ. ވެލިދޫ، މިރިހިމާގެ ހާމިދު އަބްދުﷲ (39އ) އެެވެ.

އޭނާ ޖިންސީ ގުނަވަން ދެއްކި އިރު އެތަނުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބިކަމަށް ވެސް ވެއެވެ.

އޭނާ ހައްޔަރުކުރަން އުޅުމުން މާރާމާރީ ވެސް ވަނީ ހިންގައިފަ އެވެ.

ކްރިމިނިލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މީގެ ކުރިން ވެސް މަގުމަތީގައި ޖިންސީ ގުނަވަން ދައްކެމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެފަދަ މައްސަލަތަކުގައި ބިދޭސީންވެސް ޝާމިލުވާކަން ފާހަަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން