ގިނަ އަދަދެއްގެ ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސްއިން ކުރި އިއުލާނެއްގައި ސެކެޓްރީ ޖެނެރަލުބް ހޯދަން އިއުލާންކޮށްފައި ވަނީ 32 ކައުންސިލަކަށެވެ. އޭގެ ތެރޭގައި ހއ.، ށ.، ރ.، ބ، އަރިއަތޮޅު، ވ، މ. ފ. އަދި ދ، ހިމެނެ އެވެ.

މިއީ ދާާއިމީ މަގާމުތަކެއް ކަމަށާއި އެ މަގާމަށް އައްޔަނުކުރެވޭނީ ފަސް އަހަރަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މަގާމަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 15،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް މަހަކު ލިބޭނެ އެވެ.

ހަމަ އެހެންމެ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ވެސް މުސާރައިގެ 35 ޕަސެންޓް ލިބޭނެ އެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ދަށުން ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ހިމެނެ އެވެ.

އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އަންނަ މަހުގެ ހައެއްގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން