ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީން ކޯސް 164 ފުލުހަކު ފުރިހަމަކޮށްފި އެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ ތަމްރީން ފުުރިހަމަ ކުރި ފުލުހުންނަށް ލިއުން ހަވާލުކޮށްފަ އެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި އަހަރުގެ ޖަނަވަރީ 24 އިން މެއި 23 އަށް ކުރިއަށް ގެންދިޔަ އެ ތަމްރީން ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. އެއީ 36 އަންހެން ފުލުހުންނާއި 128 ފިރިހެން ފުލުހުންނެވެ.

އަސާސީ ތަމްރީން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ސަރޖަންޓް އަހްމަދު ނިހާދުއެވެ. ނިހާދު ވަނީ އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ވެސް ހޮވިފަ އެވެ. އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަމްހަރް އާރިފް އެވެ.

ފުލުހުންގެ އަސާސީ ތަމްރީނު މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން