ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އިތުރު ތިން އަތޮޅެއްގަައި ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާރުޓީއެލްގެ ހިދުމަތް ދެން ފަށާނީ ނ.،ރ. އަދި ބ. އަތޮޅުގައި ކަމަށެވެ.

އެގޮތުން ނ. އަތޮޅުގައި އަންނަ މަހު އެ ހިދުމަތް ފަށާއިރު ރ. އަތޮޅުގައި ސެޕްޓެމްބަރު މަހު އަދި ބ. އަތޮޅުގައި މިއަހަރުގެ ނޮވެމްބަރު މަހު ޚިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ނ. އަތޮޅުގައި މިދިޔަ އަހަރު ފަހުކޮޅު އާރުޓީއެލް ފަށާނެ ކަމަށް ނިމިގެން ދިޔަ ސަރުކާރުން ބުނި ނަމަވެސް އެ ހިދުމަތް އެތާރީޚަކު ނުފެށެނުވެ.

އާރުޓީއެލްގެ ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއީ ހދ. އަތޮޅުގައެވެ. އޭގެ ފަހުން ހއ.،ށ.،ޅ.، ހުވަދު އަތޮޅު، އައްޑޫ އަދި ފުވައްމުލަކުގައި ވެސް ވަނީ ޢާރުޓީއެލްގެ ހިދުމަތް ފަށައިފަ އެވެ.

އާރުޓީއެލްގެ ހިދުމަތް އަންނަ އަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބަޗީ

22-Jun-2024

އަލްޙަމްދު ލިއްލާހި. ސަޅި. ޝުކުރިއްޔާ ރައީސް.



ޓްރެންޑިން