ރާއްޖެއިން މިއަދު އިތުރު 143 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 107 ދިވެހިންނާއި ބަނގްލަދޭޝްގެ 28 މީހަކާއި އިންޑިއާ 6 މީހުންނާއި ނޭޕާލް 2 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ބަލިޖެހުނު 143 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5041 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 13 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2804 އަށް އަރާފައެވެ.

މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2218 ގައެވެ. އައިސޮލޭޝަންގައި ތިބީ 1478 މީހުންނެވެ. މިވަގުތު ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 140 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ 7 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 9 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 143 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 140 މީހެކެވެ. އަތޮޅު ތަކުން ބައްޔަށް 03 މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އިން ކޮވިޑް ބަލިޖެހިގެން 19 މީހަކު މިހާތަަނަށް ނިޔާވެފައިވެއެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން