ސަރުކާރަށް މިވީ 6 މަސް ތެރޭގައި ސޮވެރިން ފަންޑު 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައިކަމަށެވެ. ނަމަވެސް ސަރުކާރުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ސޮވެރިން ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފަންޑުގައި ވެރިކަމާއި ހަވާލުވިއިރު ހުރީ 2 މިލިއަން ޑޮލަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ މިއަހަރު ނިމޭއިރު ސޮވެރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން