(ފޮޓޯ: ދިވެހި ފުލުހުންގެ ޙިދުމަތް)
(ފޮޓޯ: ދިވެހި ފުލުހުންގެ ޙިދުމަތް)
ހުޅުމާލޭގައި މިއަދު ހަވީރު އެކްސިޑެންޓްވި ކާރުގެ ޑްރައިވަރު އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ޖަލު ހުންނަ ސަރަޙައްދުގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމުގައިވީނަމަވެސް ކާރު ދުއްވި މީހާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓުގައި 35 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އަދި އެ މީހާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން