މީހަކަށް ގެއްލުންވެދާނެ ގޮތަށް އދ. ފެންފުށީގައި ހުރި ގުދަނެއްގައި ޖަހާފައި ހުރި ޓިނުތަކެއް ނައްޓަން ސްޓެލްކޯގެ މުވައްޒަފުން އެހީވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ އދ. ފެންފުށީގައި ހުރި ގުދަނެއްގެ ފުރާޅާއި ބިއްގަނޑުގެ ގޮތުގައި ޖަހާފައި ހުރި ޓިނުތައް ނެއްޓީ އެ ޓިނުތަކުގައި ދަބަރުޖަހައި ބައުވެފައިވާތީކަމަށެވެ. އަދި އެ ޓިނުތައް ނައްޓައި ރައްކާތެރިކަމާއިއެކު ބެހެއްޓުމުގައި އެ ކުންފުނީގެ މުވައްޒަފުން ޙަރަކާތްތެރިވެފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މިއީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވާ ވަގުތުތަކުގައި އެތަނުން ބައެއް ޓިނު ނެއްޓި، ވަޔާއި ވިއްސައިގެން ދިއުމާއި ގުޅިގެން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި ރަށު ކައުންސިލްގެ އެދުމުގެ މަތިން ސްޓެލްކޯގެ މުވައްޒަފުން ކޮށްދިން މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.



ރައްޔިތުންގެ ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމުގަޔާއި ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައިވެސް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން