މ. މުއްޔަށް ކުރި ގަދަ ވިއްސާރައިގައި އެރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަ ފެނަކައިން ހައްލުކޮށްފިއެވެ.

ފެނަކައިން މައުލޫމާތު ދިން ގޮތުގައި، މ. މުލީގެ ނަރުދަމާގެ ނިޒާމަށް މައްސަލަތަކެއް ދިމާވީ، ރާއްޖެއަށް މިދޭތެރެއިން ކުރި ގަދަ ވިއްސާރައިގައި މުލީގައި ނަރުދަމާގެ ހިދުމަތް ފޯޜުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ 2 ޕަމްޕެއް މައްސަލަ ޖެހިގެންކަމަށެވެ. އަދި އެކަން ހައްލުކުރުމަށް 2 ޕަމްޕު ޓްރާންސްފަރކޮށް އިންސްޓޯލް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، މުލީގެ ނަރުދަމާ ނިޒާމު މިހާރު ހައްލުކޮށް ޙިދުމަތް ދެމުންދާކަމަށެވެ. މީގެ އިތުރުން މުލީގައި ކުރިން ހަރުކޮށްފައި ހުރި ޕަމްޕުތައް މަރާމުތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.



ފެނަކައިން ރަށްރަށުގައި ދެމުން ގެންދާ ހިދުމަތްތަކަށް ބުރޫ އަރައިފިނަމަ، އެކަން ވީހާވެސް އަވަހަށް ހައްލުކޮށް ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާކަމީ ފާހަގަކޮށްލަން ޖެހޭކަމެކެވެ. އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ ފެނަކައިގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން