މިހާރު ހުއްޓިފައި އޮތް ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުނު ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށް އިތުރު ފުރުޞަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރަސްމާލެއަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫއުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފިނަމަވެސް އެމުއްދަތަށް އެމަސައްކަތް ނުނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެމަޝްރޫއު ހިންގަން ސަރުކާރުން ނިންމާފައި އޮތީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ މަޝްރޫއިން 60 ހެކްޓަރުގެ ބިން އެމަސައްކަތް ކުރާ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށް ދޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން