ތ. މަޑިފުށީގައި ފަންބޮނޑިން ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި އުރީދޫ ސުޕަރނެޓާއި އެކު ހިދުމަތް ދޭން ފަށައިފި އެވެ.

ފަންބޮނޑީގެ ސީއޯއޯ ފާތިމަތު އާސިޔާ ވިދާޅުވީ މަޑިފުށީގައި ގާއިމް ކުރެވުނު އެކުންފުނީގެ ނެޓްވޯކް މެދުވެރިކޮށް މިހާރު އުރީދޫ ސުޕަރނެޓްގެ ހިދުމަތް އެރަށަށް ދޫކުރެވިފައިވާ ކަމަށެވެ.



"އަޅުގަނޑުމެންގެ އަމާޒަކީ ފަނަބޮނޑި ނެޓްވޯކް ބޭނުން ކުރާފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެކިއެކި ހިދުމަތްތައް ފޯރުކޮށް ދިނުން." އާސިޔާ ވިދާޅުވި އެވެ.

އާސިޔާ ވިދާޅުވީ އިންޓަރނެޓްގެ އިތުރުން އެހެނިހެން ހިދުމަތްތައް ނެޓްވޯކްގެ ތެރެއިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓީވީ އާއި ޓެކްނޮލޮޖީގެ އިތުރު ހިދުމަތްތައް ނެޓްވޯކް ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެެވެ.

ފަންބޮނޑިން ފުރަތަމަ ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރީ ވިލުފުށީގަ އެވެ. މިހާރު އެކުންފުނިން ދަނީ އެހެން ރަށްތަކުގައި ވެސް މިފަދަ ނެޓްވޯކްތައް ގާއިމްކޮށް ހިދުމަތް ފޯރުކޮށްދެމުން ނެވެ.

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން