ކޯވިޑް-19 އާއި ގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމެއް މަސައްކަތުގްޕައި
ކޯވިޑް-19 އާއި ގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމެއް މަސައްކަތުގްޕައި
ކޯވިޑު-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ދޭން ކަނޑައަޅާފައިވާ ކޯވިޑް-19 ފްރޮންޓްލައިން ވޯކާސް އެލަވެންސް 1045 މުވައްޒަފަކަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު 825 މުވައްޒަފަކަށް މި އެލަވެންސް ގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ދީފިކަމަށެވެ. އަދި ޖުމްލަ 1045 މުވައްޒަފަކަށް މިހާތަނަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެއީ މާޗު މަހުން ފެށިގެން ޖޫންގެ ނިޔަލަށް ދޭންޖެހޭ އެލަވެންސް ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

https://twitter.com/iameeru/status/1292508003975827457?s=19

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ އެހެން މުވައްޒަފުންނަށްވެސް އެލަވެންސް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ފައިސާ ދޭނެ ކަމަށެވެ.

ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަށް އެލަވަންސް ދޫކުރަނީ 3 ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ވޯކަރުންނާއި މީޑިއަމް އަދި ލޯ ރިސްކް ވޯކަރުންނެވެ. ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު މީޑިއަމް ރިސްކްގެ ވޯކަރުންނަށް ދެނީ ދުވާލަކަށް 250 ރުފިޔާ އެވެ. އަދި ލޯ ރިސްކްގެ ވޯކަރުންނަށް ދޭގޮތަށް ހަމަޖެހިފައިވަނީ ދުވާލަކަށް 200 ރުފިޔާ އެވެ. ގިންތިތަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭނެކަން ސަރުކާރުން 7 މެއި ގައި އިއުލާން ކުރިނަމަވެސް އަދިވެސް ގިނަ ބަޔަކަށް އެލަވެންސް ލިބިފައިނުވާތީ ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ފާޑުކިޔުންތައް ވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން