ފަލަސްތީނުގައި ހައްދު ފަހަނައަޅާފައިވާ ޔަހޫދީން އިސްރާއިލުން ހިންގަމުން ގެންދާ އަނިޔާވެރިކަން ހުއްޓުވަން މަސައްކަތް ނުކުރާ ކޮންމެ މީހަކު ފާފަވެރިވާނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ޝައިހް ސަމީރު މިހެން ވިދާޅުވީ ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގެންފައިވާ ހައްދު ފަހަނައަޅާފަައިވާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން އެއްވެސް ހައްގަކާއި ނުލައި ޝަހީދުކޮށް އެމީހުންގެ ގެދޮރުން ނެރެ ލާއިންސާނީ އަނިޔާވެރި އެތައް ޖަރީމާތައް ހިންގަމުން ގެންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެެ. ޖަމިއްޔަތުލް ސަލަފަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ، ފަލަސްޠީނުގައި ހިންގާ ހަނގުރާމައަކީ ދެ ޤައުމެއްގެ އިމުގެ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތުގެ ޢަޤީދާއާއި، މުޤައްދަސާތުތަކާއި ތާރީޚާ ގުޅުންހުރި، މުޅި އުންމަތާ ދެކޮޅަށް އުންމަތުގެ އެންމެ ބޮޑު ދުޝްމަނުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށް ޝައިހް ސަމީރު ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި އެއީ ދެ ޤައުމެއްގެ މައްސަލައަކަށް ފަލަަސްޠީނުގެ މައްސަލަ ހަނިކުރުމީ ޒަޔަނިސްޓުން މުސްލިމުންނަށް ލައިދެމުން ދާ ރިވާޔަތެއް ކަމަށް ޝައިހް ވިދާޅުވިއެވެ.

"މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެއެވެ." ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިހް ސަމީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުގައި މިހާތަނަށް ޣައްޒާގެ 37،000 ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން