ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އެއް ހަދަން ހުށަހަޅާފައިނުވާނެ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ ރާއްޖެއާއެކު އެ ގައުމުން އެފްޓީއޭއެއް ހަދާ ވާހަކަ އާއި ގުޅޭ ގޮތުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އާއެކު މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެެ. އަދި އެކަން އެ ގައުމުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގައުމާއެކު އެފްޓީއޭއެއް ހެދުމަށް ރާއްޖެއިން ބޭނުންވާ ނަމަ އެކަން ކުރުމަށް އެގައުމުން ވިސްނާނެ ކަމަށް ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވިއެވެ.

އިންޑިޔާ ސަރުކާރުން މިހެން ބުނި ނަމަވެސް އިކޮންމިކް މިނިސްޓަރު ސައީދު ވަނީ އިންޑިއާއާއެކު މިފަހުން ބޭއްވި މަޝްވަރާއެއްގައި، ސަފްޓާގެ އިތުރަށް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން އިންޑިއާއިން ބޭނުންވާ ކަމަށް އެގައުމުން ބުނެފައިވާ ކަން ހާމަކުރަށްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުންނާއި މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަނަސް ކަމެއް އުފެދިފައިވީ ނަމަވެސް ރާއްޖެ އާއި އިންޑިޔާގެ ގުޅުން މިހާރު އަންނަނީ ރަނގަޅުވަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން