މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.

ބައި އިލެކްޝަން ބާއްވަނީ މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާއާއި މައްޗަންގޮޅި މެދު ދާއިރާއާއި ހުޅުމާލެ ދާއިރާގެއެވެ. އެއީ އެ ދާއިރާތައް ކުރިން ތަމްސީލުކުރައްވަމުން ދިޔަ ބޭފުޅުން މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ނެވެ. އެއީ މުޅިން ވެސް ޕީއެންސީއަށް ނިސްބަތްވާ ބޭފުޅުން ނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަންސް އިންތިހާބު އޮންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ޖުލައި 20 ވަނަ ދުވަހު އެހެން ފަސް ކައުންސިލަކަށް ކައުންސިލަރުން އައްޔަނުކުރަން ވެސް ބައި އިލެކްޝަންސް ބާއްވާނެ އެވެ. އޭގެ ތެރެއިން ހަތަރު ކައުންސިލަކަށް މެމްބަރުން އިންތިހާބުކުރަނީ އެ ކައުންސިލަރުން މަޖިލިސް އިންތިހާބުގައި ވާދަކުރަށްވައި ހޮވިވަޑައިގެެންނެވުމުން ނެވެ. އޭގެ ތެރޭގައި ޅ އަތޮޅު ކައުންސިލް ރައީސް އާއި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު ހިމެނެއެވެ.

އޭގެ އިތުރުން ޖުލައި 20 ވަނަ ދުވަހު ރ. ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ބޭފުޅަކު އައްޔަނުކުރަން ވެސް އިންތިހާބު ބާއްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން