ހައްޖުގެ އަޅުކަން އަދާކުރަން ދާ 200 އަށްވުރެ ގިނަ މީހުންނާއެކު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފިއެވެ.

މިިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވާގޮތުން، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރީ މިއަދު ރާއްޖެ ގަޑިން 15:51 ގައެވެ. މިފްލައިޓުގައި 296 ދިވެހި ހައްޖާޖީން ދަތުރަށް ފުރި ކަމަށް މިިނިސްޓްރީން ބުނެއެވެ.

ޖިއްދާއަށް މި ފްލައިޓު ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން 21:12 ގައެވެ. އެއީ ސައުދީ ގަޑިން 19:12 ހާއިރު އެވެ.



މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިންނަށް އަލްވަދާޢު ވިދާޅުވުމަށް، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުސްތާޛު މަތުރިކް އައްދައުސަރީ އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އެއަރޕޯޓަށް ވަޑައިގެން ހައްޖާޖީންނާ ބައްދަލުކުރައްވާ ދަތުރުވެރިންގެ ކަންކަން ބައްލަވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން