ހައްޖުވެރިންގެ ކަންކަން އަމާންކަމާއި އޮމާންކަމާއި އެކީ ކުރިއަށް ގެންދިއުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ހައްޖުވެރިންނާއި ބައްދަލުކުރެއްވުމަށް އެއރޕޯޓަށް ވަޑައިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ހައްޖުވެރިންގެ ކަންކަން އަމާންކަމާއި އޮމާންކަމާއި އެކީ ގެންދެވުމަށް އެ ވުޒާރާއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އަދި ހައްޖުވެރިންގެ ހުރިހާ ކަމެއް ވީހާވެސް ގާތުން ބެއްލެވުމަށް ރައީސް މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި ހައްޖުވެރިންގެ ކަންކަން އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ޝަޙީމް ވިދާޅުވިއެވެ.



އަދި ރައީސްގެ ބެއްލެވުމުގެ ދަށުން ހައްޖާޖީން ފުރުމުގެ ކަންކަން ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެކި މުވައްސަސާތަކުން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައިވާ ކަމަށްވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރާއްޖެއިން ހައްޖުވެެރިން ފުރުމުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ހަމަޖެހުނު ކަމަށާއި މައްކާއާއި މަދީނާގައިވެސް ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށެެވެ.

200 އަށްވުރެ ގިނަ މީހުންނާއެކު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ފުރާފައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރީ މިއަދު ރާއްޖެ ގަޑިން 15:51 ގައެވެ. މިފްލައިޓުގައި 296 ދިވެހި ހައްޖާޖީން ދަތުރަށް ފުރި ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެއެވެ.

ޖިއްދާއަށް މި ފްލައިޓު ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިރޭ 21:12 ގައެވެ. އެއީ ސައުދީ ގަޑިން 19:12 ހާއިރު އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

22-Jun-2024

ހީވަނީ , މިއީ މިރާއްޖެއިން ހައްޖަށް މީހުން ދާ ފުރަތަމަ ފަހަރުހެން



ޓްރެންޑިން