ދަރުމަވަންތަ ހޮސްޕިޓަލް؛ މި ހޮސްޕިޓަލަކީ ސަރުކާރުގެ މައި ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް
ދަރުމަވަންތަ ހޮސްޕިޓަލް؛ މި ހޮސްޕިޓަލަކީ ސަރުކާރުގެ މައި ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް
ރާއްޖޭގެ ސިއްހީ ދާއިރާ ދަނީ ކުރިއަރަމުން ކަމަށާއި، ފަންނީ ގާބިލް ކަން ވެސް އަންނަނީ އިތުރުކުރަމުން ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ވަސީލަތްތައް ގާއިމްކުރަމުން އަންނަ ކަމަށާއި މާލެއަށް ރިފާ ކުރުން ނުވަތަ ބަލިމީހުން މާލެއަށް ފޮނުވަން ޖެހޭ މިންވަރި ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަމަށް ވެސްް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ފެށިފައިވާ ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ލާމަރުކަޒި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުންނާއި ކުރީގެ ސިއްހީ ހިދުމަތްތެރިން ހިއްސާކުރި ޚިޔާލުތަކާއި ޝަކުވާ ތަކުގައި، ސިއްހީ ދާއިރާގެ ނިންމުންތައް ނިންމަނީ ފަންނީ މާހިރުންގެ ލަފަޔާ ނުލައި ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެމުން ބަޔާނުގައި ބުނެފައިވަނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި އަދި އެކަން ކުރަނީ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ.

ސިއްހީ ހިދުމަތްތަކަކީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ދޭ ހިދުމަތްތައްކަން ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށާއި މިންގަނޑުތައް ބަދަލުވަނީ ކޯވިޑް-19ގެ ހާލަތަކީ ބަދަލުވާ ހާލަތަކަށް ވާތީ ކަަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ވެސް އެކަށީގެންްވާ ހެކިތަކާއި އެކީ ގައުމުތަކުގެ ތަޖުރިބާއަަށް ބަލައި ރާއްޖޭގައި ބަލި ފެތުރޭ އަދި އިޖާބަދެވޭ މިންގަނޑުތައް ގާތުން މޮނިޓާކުރަމުން އަޅާ ފިޔަވަޅުތަކެކެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގައި އުޅުއްވި ބަޔަކު ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް ހެލްތު މިނިސްޓްރީގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަޑައިގެން ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ ޓީމަކުން ހުށައެޅުއްވި ޝަކުވާ ތަކާއި ދެއްކެވި ވާހަކައިގައި ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް އެމިނިސްޓްރީ ހިންގަމުން ގެންދާ ގޮތަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ސިއްހީ ޚިދުމަތް ތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަށައް ދާ ކަމަށާއި މިނިސްޓްރީގައި ފަންނީ މީހުންގެ ލަފައާއެކު މަޝްވަރާގެ މަގުން ކަންތައްތައް ނުކުރާ ކަމަށް ކުރީގެ އިސްވެރިން ކޮމެޓީގައި ވަނީ ވިދާޅުވެފައެވެ. އަދި ބައެއް މުހިންމު ޓެކްނިކަލް މުވައްޒަފުންގެ މަގާމުތައް ވެސް ހުރީ މީހުން ނުލާ ހުހަށް ކަމަށް އެމީހުން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ޞިއްހީ ދާއިރާއަކީ ރާއްޖޭގައި އަބަދުވެސް އެންމެ ޝަކުވާ ބޮޑު އެއްދާއިރާއެވެ. އެގޮތުން ކޯވިޑް-19 ގައި މާލޭގެ ފުރަބަންދުގެ ތެރޭގައި ވެސް ސިއްހީ ދާއިރާގެ ދޯހަޅި ބައެއް ސިޔާސަތު ތަކުގެ ސަބަބުން އާންމު ސިއްހީ ނިޒާމަށް ވާސިލު ނުވެވި ހިތާމަވެރި ހާދިސާތަކެއް ހިނގާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން