ރާއްޖެއިން މި އަހަރު ޙައްޖަށް ފުރި މީހުންގެ ފުރަތަމަ ގްރޫޕު މިރޭ ޖިއްދާއަށް ހިގައްޖެއެވެ.

ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިއަދު މެންދުރު ފަހުއެވެ. ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ޙައްޖަށް ފުރީ 298 މީހުންނެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެ އިން ފުރި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިރޭގެ ވަގުތެއްގައި ޖިއްދާ އަށް ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ފުރި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހައްޖުވެ އަޅުކަމަށް ދާ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު 353 މީހުން ފުރާގޮތަށް ހަމަޖެހިފައިވާއިރު ފަހު ގްރޫޕް 339 މީހުނާއެކީ ފުރާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރު ޖުމުލަ 980 މީހަކު ރާއްޖެއިން ހައްޖަށް ދާނެއެވެ. އެ ހުރިހާ މީހުންވެސް ހައްޖަށް ދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން