އައްޑޫ ސިޓީީ އިކުއެޓޯރިއަލް ހޮސްޕިޓަލް؛ އައްޑޫ ސިޓީގައި މިހާރުވަނީ ކޯވިޑް-19 އަށް ފަރުވާދެވޭ ފެސިޓީ ފުރިހަމަކުރެވިފައި
އައްޑޫ ސިޓީީ އިކުއެޓޯރިއަލް ހޮސްޕިޓަލް؛ އައްޑޫ ސިޓީގައި މިހާރުވަނީ ކޯވިޑް-19 އަށް ފަރުވާދެވޭ ފެސިޓީ ފުރިހަމަކުރެވިފައި
އައްޑޫ ސިޓީން ތިންވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑްއަށް ޓެސްޓު ކުރި  58 އަހަރުގެ ދިވެހި އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި މީނާގެ ޓެސްޓު ހަދާފައިވަނީ 9 އޮގަސްޓުގައި ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވާއިރު، އެ ސިޓީ ފޭދުގައި ކަރަންޓީންގައި ހުރި ފުލުހަކާއި، ހިތަދޫގައި ކަރަންޓީންގައި ހުރި ބިދޭސީއަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ފުލުސް މީހާއަކީ މިމަހުގެ 6 ވަނަ ދުވަހު ފޭދޫއަށް ދިޔަ މީހެކެވެ. އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހާއަކީ އައްޑޫ ހައި ސްކޫލުގައި ހަދާ އިމާރާތެއް އެޅުމުގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްގެ ބިދޭސީއެކެވެ. އޭނާ ޕޮޒިޓިވްވި ކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ނިންމައި ހަދާފައިވާ ޓެސްޓުންނެވެ.

ފަހަކަށް އައިސް އަތޮޅުތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަތޮޅުތެރެއިން ޕޮޒިޓިވް ވާ އަދަދުތައް އިތުރުވާން ފެށީ ފުރަބަންދު ހޯމް ކަރަންޓީން އުސޫލަށް އަމަލު ކުރަން ފެށިފަހުންނެވެ.

މިހާތަނަށް ރާއްޖޭގެ 13 ރަށަކުން ކޮވިޑް-19 ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން